އޯޓްސްއަކީ ހަށިގަނޑަށް ފައިދާހުރި އެތަށް ބާވަތެއް އެކުލެވޭ ރަނގަޅު ކާނާގެ ބާވަތެކެވެ. އެހެން ބާވަތްބާވަތުގެ ކާނާއަށް ވުރެއް ގިނައިން އެކިވަށްތަރުގެ ވިޓަމިނާއި މިނަރަލްސް އާއި ޕުރޮޓީންގެ އިތުރުން ފައިބަރު ފަދަ މާއްދާތަށް އޯޓްސްގައި ހިމެނެއެވެ. މިހެންވެ، އޯޓްސް ފާހަގަވެފައި އޮންނަނީ "ސުޕަރ ފުޑް" އެއްގެ ގޮތުގައެވެ.

ތަފާތު އެކި ގޮތްގޮތަށް އޯޓްސް ތައްޔާރު ކޮށްލެވިދާނެއެވެ. މިސާލަކަށް، ފޮނިކޮންވެސް ނުވަތަ ކުޅިކޮށްވެސް ތައްޔާރު ކުރެވިދާނެއެވެ. މި ފަހަރު މި ބަލައިލަނީ، މާބޮޑު މަސައްކަތެއް ނުކޮށް، ފަސޭހައިން އޯޓްސް ތައްޔާރު ކޮށްލެވިދާނެ ގޮތަކަށެވެ. 

📃ބޭނުންވާނެ ތަކެތި

  • 1/2 ތަށި އޯޓްސް
  • 1/2 ތަށި ކިރު (އާމަންޑް ނުވަތަ ސޯއީ މިލްކް ވެސް ބޭނުން ކުރެވިދާނެ)
  • ފޮނިރަހަ ލަށްވައިލަން މާމުއި ފޮދެއް
  • 1 މޭޒުމަތީ ސަމުސާ ޗިއާ ސީޑް (ބޭނުންނަމަ)

🧑‍🍳ހަދާނެ ގޮތް

މަތިޖެހޭފަދަ ތަށްޓަކަށް ނުވަތަ ޖޯޑަކަށް، އޯޓްސް، ކިރު އަދި ޗިއާ ސީޑް އަޅައި އެއްކޮށްލާށެވެ. ދެން ފޮނިރަހަ ހެޔޮވަރު ވާވަރަށް މާމުއި ފޮދެއް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު، ރަނގަޅަށް މަތިޖަހައި 12 ވަރަކަށް ގަޑިއިރު ވާންދެން ފުރިޖުގައި ބަހައްޓާށެވެ. 12 ގަޑިއިރު ވުމުން އޯޓްސް އެހުރީ ކެއުމަށް ތައްޔާރުވެފައެވެ.

މިއީ ބިޒީކޮށް އުޅެމުންވެސް ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާނާ ތައްޔާރުކޮށްލެވިދާނެ ގޮތެކެވެ. މިގޮތުން، ހަފުތާއަކަށް ވާވަރަށް އޯޓްސް ތައްޔާރުކުރެއްވުމަށްފަހު ފުރިޖްގައި ބެހެއްޓި ދާނެއެވެ. އޭރުން ކޮންމެ ދުވަހަކު އޮފީހަށް ދިޔުމުގެ ކުރިން ހެދުނުގެ ނާސްތާ ހުންނާނީ ތައްޔާރުވެފައެވެ.